ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރަލް ލައިބްރަރީގައި ބޭނުންކުރަމުންދާ ވީ.އާރު.ވީ ސިސްޓަމުގެ 2 އައުޓްޑޯ ސެޓު ރާއްޖެއިންބޭރުން ގެނެސް އިންސްޓޯލްކޮށް މިހާރު ބޭނުންކުރާ އިންޑޯޔުނިޓުތަކާ ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ސެންޓަރަލް ލައިބްރަރީގައި ބޭނުންކުރަމުންދާ ވީ.އާރު.ވީ ސިސްޓަމުގެ 2 އައުޓްޑޯ ސެޓު ރާއްޖެއިންބޭރުން ގެނެސް އިންސްޓޯލްކޮށް މިހާރު ބޭނުންކުރާ އިންޑޯ ޔުނިޓުތަކާ ގުޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ދޫކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން، އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:00 އަށް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 06 ވާ އަންގާރަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް ލައިބްރަރީގައެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ