ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލްގެ ނަންބަރު: GS62/I/2016/44 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންފައިވަނީ 2 ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫގެ ތިރީގައިމިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- ސްޓާފްރޫމުގެ ފާޚާނާ ތަޅާލުމަށްފަހު ސްޓާފްރޫމް ބޮޑުކުރުން
- ސެކިޔުރިޓީ ޕޯސްޓް ހެދުން
- ފާޚާނާގެ އިސްކުރުބަރިތައް މަރާމާތުކުރުމާއި ވުޟޫކުރުމަށް އިސްކުރު އިތުރުކުރުން
- ކްލާސްރޫމްތަކުގެ ތަޅު ބަދަލުކުރުން
- ފާޚާނާތަކުގެ އިސްކުރުތައް ބަދަލުކުރުން
- ސްކޫލުގެ ގޯތިތެރޭގެ އިސްކުރުތައް ބަދަލުކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވާ ހޯމަދުވަހުގެ 10:00 އަށް ސްކޫލަށް ދުރުވެ މައޫލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 10:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6890685 ނަންބަރު ފޯނާއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.