ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: މޭކަޕް އާޓިސްޓް | ||||
| މުސާރައާއި އެލަވަންސް: | މަހަކު -/8900 ރުފިޔާ | މަޤާމުގެ ބާވަތް: | 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | |
| މަޤާމުގެ ރޭންކް: | TP 7 | ބޭނުންވާ އަދަދު: | 4 (ހަތަރެއް) | |
| މަސައްކަތް ކުރަންޖެހޭ ތަން: | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް: | ޕްރޮގްރާމް ޓީވީ | |
| މަޤާމުގެ ޝަރުޠު: | ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | |||
| 
 މަޤާމުގެ މަސްއޫލިއްޔަތު: | 1. ޕީ.އެސް.އެމްގެ ހުރިހާ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމާއި ޚަބަރުތަކަށް މޭކަޕްކުރުވުމާއި ފުނާ އަޅުވައިދިނުން. 2. އެކިއެކި ރަސްމިއްޔާތުތަކަށް، މުވައްޒަފުންނާއި މެހެމާނުންގެ މޭކަޕްކުރުވުން. 3. މަސައްކަތަށް ހޯދާ މޭކަޕް ސާމާނާއި މޭކަޕްގެ ސްޓޮކް ބެލެހެއްޓުމާއި، މަދުވާތަކެތި ހޯދަން ރިކްއެސްޓްކުރުން. 4. މޭކަޕްރޫމް ސާފުކޮށް ބެލެހެއްޓުން. | |||
| އިތުރުގަޑި: | އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | |||
| މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން: | މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | |||
| 
 
 
 
 ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ވަޒީފާއަށް އެދޭކަމުގެ ސިޓީ. 2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.) 3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 7. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ. 8. ޕޮލިސް ރިޕޯޓު. 9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | |||
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. | |||
| ސުންގަޑި: 
 | މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ޑިސެންބަރު 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގަށް) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. | |||
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. | |||
22 ޞަފަރު 1438
 
                    