| 1. ކުންފުނީގެ އިންޓަރނަލް އޮޑިޓާއި އެކްސްޓަރނަލް އޮޑިޓްކުރުމަށް ހަޔަރކުރެވިފައިވާ އޮޑިޓް ފާމުން، ކުންފުނި އޮޑިޓްކުރުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް، ޔުނިޓް ހެޑާއި ޑިޕާޓްމަންޓް ހެޑުގެ ލަފާގެމަތިން އެފަރާތްތަކަށް ފޯރުކޮށްދިނުން. 2. ކުންފުންޏަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ހިސާބުތައް ތައްޔާރުކޮށް، ދައްކަންޖެހޭ މުއްދަތުގައި ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކޮށް، ޖީ.އެސް.ޓީ ބަޔާނާއި ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގެންދިއުން. 3. އެކައުންޓްސް ޔުނިޓުން ތައްޔާރުކުރާ ކުންފުނީގެ މާލީ ރިޕޯޓްތައް ޔުނިޓް ހެޑުގެ މަޝްވަރާގެމަތިން ތައްޔާރުކުރުން. 4. މަހުންމަހަށް ބޭންކުންކުރެވޭ މުޢާމަލާތްތައް ރިކޮންސައިލްކޮށް، ބޭންކުގެ މުޢާމަލާތްތައް ބެލެހެއްޓުން. 5. އަހަރީ ބަޖެޓް ތަޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން. 6. ކުންފުނީގެ އެކައުންޓްސް ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުން. 7. ކުންފުންޏަށް ގަނެވޭ އެސެޓްތަކަށް އެސެޓް ނަންބަރުދީ، އެސެޓް ރަޖިސްޓަރ މެއިންޓެއިންކޮށް ބެލެހެއްޓުން. 8. އެކައުންޓްސް ޔުނިޓުގެ މަސައްކަތްތަކުގައި ޔުނިޓް ހެޑާއި، ޑިޕާޓްމަންޓް ހެޑުގެ މަޝްވަރާގެމަތިން މަސައްކަތްކުރުން. |