ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް ޗެކުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއަށް ހުށަހަޅާ ބައެއް ޢިމާރާތްތަކުގެ އާކިޓެކްޗަރަލް ކުރެހުންތައް މި މިނިސްޓްރީން ދޭ މުއްދަތެއްގެ ތެރޭގައި ޗެކުކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފީމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަ ދުވަހު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން، މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ވަނަވަރާއި އެހެނިހެން ތަފުސީލާއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ މި މިނިސްޓްރީގެ ނަންބަރު 3004172 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
21 ޞަފަރު 1438