| 1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސްގައި ހުއްދަ އޮންނަ ކެޓަގަރީތަކާއި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވެހިކަލް ދަތުރުތައް ކުރުން. 2. ކުންފުނީގެ ވެހިކަލްތައް ދުއްވުމުގައި ރައްކާތެރިކަމާއެކު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުން. 3. ކުންފުނީގެ ވެހިކަލްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ޗެކްކުރުން. 4. ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި ދުއްވާ ވެހިކަލް، ދަތުރުތައް ފެށުމުގެ ކުރިން  ޗެކްކޮށް، އެއްވެސް މައްސަލައެއް ހުރިނަމަ އެކަން ލޮގްފޮތުގައި ނޯޓްކުރުމާއި، ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެވަގުތު ހަވާލުވެހުންނަ ފަރާތަކަށް އެކަން އެންގުން. 5. ވެހިކަލްތަކުގެ ފިއުލް ހުސްވުމުގެ ކުރިން ފިއުލް އަޅައި، ފިއުލް އެޅިކަމުގެ ސްލިޕް ކުންފުނީގެ ޓްރާންސްޕޯޓުގެ ކަންތައްތަކާ އެވަގުތަކު ހަވާލުވެ ހުންނަ ފަރާތަކާ ހަވާލުކުރުން. 6. ޓްރާންސްޕޯޓުގެ ކަންތައްތަކާ ހަވާލުވެހުންނަ ފަރާތަކާ ގުޅިގެން ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުން. 7. ރަސްމީ ދަތުރުތަކުގައި، ވެހިކަލަށް ތަކެތި އެރުވުމާއި، ތަކެތި ބޭލުމުގައި ޢަމަލީގޮތުން ކްރޫންނަށް އެހީތެރިކަން ފޯރުކޮށްދިނުން. |