މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓް

އެސް.ސީ.އެފް ގްރާންޓް ނަންބަރު: TF017182

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ އެސްޕަޔަރ ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ކުރެވުނު (IUL)438/438/2016/258 ނަންބަރު އިޢުލާން އިޞްލާޙުކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ.

އެސްޕަޔަރ ޕްރޮޖެކްޓް ކޯރޑިނޭޓަރގެ މައިގަނޑު މަސައްކަތަކީ އެސްޕަޔަރ މަޝްރޫޢުގެ މަސައްކަތް ކޯޑިނޭޓްކޮށް ތަންފީޒުކުރުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:

- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛

އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- މިފަދަ މަޤާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާކަމެކެވެ.

- ހަކަތައިގެ ދާއިރާގެ ޤާނޫނާއި ގަވާއިދުތައް ރަނގަޅަށް އެނގިފައިވުމާއި މިކަމުގެ ފަންނީ ޢިލްމާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން.

- އިނގިރޭސި ބަހާއި، ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން.

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ، ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011ގައި އާންމުކޮށް ޖުލައި 2014ގައި އިޞްލާޙުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭ ފަރާތަކަށް އެ ފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި -/30,000 ރުފިޔާއާއި -/35,000 ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

21 ނޮވެންބަރު 2016
ހޯދާ