ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ މާކެޓިންގ އެގްޒެކްޓިވް ގްރޭޑް 1

މަޤާމް :ސީނިއަރ މާކެޓިންގ އެގްޒެކްޓިވް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ މާކެޓިންގ އެގްޒެކްޓިވް ގްރޭޑް 1

މުސާރައާއި އެލަވަންސް:

މަހަކު -/10000 ރުފިޔާ

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

AS 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އީ-ކޮމާރސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

ގުޅޭ  ދާއިރާއިން  އެޑްވާންސް  ޑިޕްލޮމާއެއް  އޮތުމާއެކު،  ދާއިރާގެ (2)  ދޭއް  އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު، ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކުންފުނީގެ ބްރޭންޑްތަކުގެ ޑިމާންޑާއި ކޮމްޕެޓިޝަން އެނަލައިޒްކުރުމާއި ރިސާޗްތައް ހޯދުން.

2. ބްރޭންޑާއި ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކަލް އިންފޮމޭޝަނާއި ފައިނޭންސްޝިއަލް މަޢުލޫމާތު ހޯދައި ބެލުން.

3. ރިޕޯޓް ލިޔުމާއި، ކޮޕީ ރައިޓިންގއާއި، ވެބް ކޮންޓެންޓް ތައްޔާރުކޮށް އަޕްޑޭޓްކުރުން.

4. ޕްރޮޑަކްޓްތައް އެންމެ ރަނގަޅަށް އާންމުންނާ ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން.

5. އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން.

6. ސޯޝަލް މީޑިއާގެ ކެމްޕެއިންތައް ރާވައި ހިންގުން.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. 

7. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

8. ޕޮލިސް ރިޕޯޓް

9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގަށް) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ