ދިވެހިރާއްޖެ
| މަޤާމް :އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ބޭނުންވާ އަދަދު :1 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| އިޢުލާން ވަޒީފާގެ ފުރުޞަތު: 
 20 ޞަފަރު 1438 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| މަޤާމް: | އެސިސްޓެންޓް އެކައުންޓް އޮފިސަރ ގްރޭޑް 1 | |||||
| މުސާރައާއި އެލަވަންސް: | މަހަކު -/8000 ރުފިޔާ | |||||
| ބޭނުންވާ އަދަދު: | 1 (އެކެއް) | މަޤާމުގެ ބާވަތް: | 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | |||
| މަސައްކަތް ކުރަންޖެހޭ ތަން: | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް: | ފައިނޭންސް | |||
| މަޤާމުގެ ޝަރުޠު: | ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | |||||
| މަޤާމުގެ މަސްއޫލިއްޔަތު: | 1. ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ހަދަންޖެހޭ ވައުޗަރތަކަށް ބޭނުންވާ ލިޔުންތައް ހަމަކޮށް، ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހު، ވައުޗަރއާއި ޗެކް ތައްޔާރުކޮށް، ހުއްދަ ހޯދައި ނިންމުން. 2. ވައުޗަރ ރަޖިސްޓްރީއާއި ޗެކް ރަޖިސްޓްރީ، ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 3. ކުންފުނިން ހަދާ ހުރިހާ ވައުޗަރތައް، އެއާގުޅޭ ލިޔުންތަކާއެކު ތަރުތީބުން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން. 4. ޗެކްތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ގުޅައިގެން ނުވަތަ ފޮނުވައިގެން ޗެކްތައް ހަވާލުކުރުން. 5. އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ޗެކްތައް ބޭންކަށް ފޮނުވުން. 6. ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިވާ ފޮރިން ވައުޗަރތަކުގެ އެންޓްރީ އަޕްޑޭޓްކުރުން. | |||||
| ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން: | 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 3. މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައް ހުރި މިންވަރަށް ބަލައިގެން. | |||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ވަޒީފާއަށް އެދޭކަމުގެ ސިޓީ. 2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.) 3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. 7. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ 8. ޕޮލިސް ރިޕޯޓް 9. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | |||||
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: | އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | |||||
| ސުންގަޑި: | މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގަށް) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. | |||||
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ. | |||||
20 ޞަފަރު 1438
 
                    