ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލުގެ މުހިންމު ބައެއް މަރާމާތު ކުރުމާގުޅޭ

ޖަމާލުއްދީން ސްކޫލުގެ މުހިންމު ބައެއް މަރާމާތު ކުރުމާގުޅޭ

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

- މައިހޯލުގައި ނޮވިލޯން އެޅުން،

- މިއުޒިކްރޫމުގައި ނޮވިލޯން އެޅުން،

- މީޓިންގރޫމް ބޮޑުކޮށް މަރާމާތު ކުރުމާއި، ކަރަންޓު ވައިރިންގ ބަދަލުކުރުން.

ވީމާ، ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޞަފަރު 1438

09 ނޮވެންބަރު 2016
ހޯދާ