މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ތަނުގައި ހުންނަންޖެހޭ ޝަރުޠު:

މަދުވެގެން 2 ކޮޓަރި، އެޓޭޗް ފާޚާނާ ހިމެނޭގޮތަށް، ސިޓިންގރޫމަކާއި ބަދިގެ / ކާގެއެއް ހުރުމާއެކު، ފަރުނީޗަރާއި ހިފައިގެންގުޅޭ ސާމާނާއި، އެހެނިހެން ފެސިލިޓީޒް ހުރުން.

ވީމާ، މިފަދަ ގެއެއް ކުއްޔަށް ދޫކުރަން އެދޭ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހަޅުއްވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުނުވާ އަންދާސީހިސާބު އަދި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ސިޓީއެއް ގެންނަވަން ވާނެއެވެ. މައުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކުން ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ނުވަތަ ނޯޓް ކުރެވޭނީ އެންމެ ނަމެކެވެ.

10 ނޮވެންބަރު 2016
ހޯދާ