ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްއަށް ދެ ކޮންކްރީޓް މެޝިން ގަންނަން
މި ސަރވިސްއަށް ދެ ކޮންކްރީޓް މެޝިން ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)167-PR/1/2016/58 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ތިންފަރާތުން ހާޒިރުވެފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 14 ނޮވެންބަރު 2016 | ހޯމަ | 14:00 | 
| އަންދާސީހިސާބު ހުށަހެޅުން | 20 ނޮވެންބަރު 2016 | އާދީއްތަ | 14:00 | 
30 މުޙައްރަމް 1438
 
                    