ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން ދައްކާ ނަމޫނާއާ އެއްގޮތަށް މި ސްކޫލުގެ ލައިބްރަރީއާއި ކެންޓީނުގެ ފުރާޅުގެ ޓިނު ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)MUH-01/1/2016/53 އަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ދެވިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
|
މަޢުލޫމާތު ސާފުކުރެއްވުން |
2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި |
|
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
2016 ނޮވެންބަރު 16 ވާ ބުދަދުވަހުގެ 11:00 ގައި |
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.
