ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުނީގެ ޖިމްގައި އެޅުމަށް ބޭނުންވާ ''ސްޕޯޓްސް ފްލޯރިންގ'' އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL) PSM-FP/PSM/2016/230 އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މި ކުންފުނިން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި ފްލޯރިންގ އަޅައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅާއިރު މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.
2 ޞަފަރު 1438