ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
| މަޤާމު: ޑިރެކްޓަރ - ސޭލްސް | |||||
| މުސާރައާއި އެލަވަންސް | މަހަކު -/21300 ރުފިޔާ | މަޤާމުގެ ބާވަތް | 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް | ||
| މަޤާމުގެ ރޭންކް | EX 3 | ބޭނުންވާ އަދަދު | 1 | ||
| މަސައްކަތްކުރަންޖެހޭ ތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | ސޭލްސް | ||
| މަޤާމުގެ ޝަރުޠު: | މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ދާއިރާއަކުން އަންޑަރގްރެޖުއޭޓް ޑިގްރީއެއް އޮތުމާއެކު، މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މިޑްލް މެނޭޖްމަންޓުގެ މަޤާމެއްގައި 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | ||||
| މަޤާމުގެ މަސްއޫލިއްޔަތު: | ކުންފުނީގެ ސޭލްސް ޑިޕާޓްމަންޓުގެ މަސައްކަތް އިސްވެ ހިންގައި ބަލަހައްޓައި އިންތިޒާމުކުރުން. | ||||
| މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު | މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. | ||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | ||||
| ސުންގަޑި 
 | މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. | ||||
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. | ||||
2 ޞަފަރު 1438
 
                    