މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސުޕަވިޝަން އިންޖިނިއަރެއް ހޯދުމަށް

އައްޑޫސިޓީ، ފުވައްމުލަކުސިޓީ އަދި ހުވަދުއަތޮޅުގެ ރަށްރަށް ހިމެނޭ ގޮތަށް ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ބީލަން ހުށަހެޅުމުގެ ދަޢުވަތު - ސުޕަވިޝަން އިންޖިނިއަރ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ ސަރަޙައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްރަށުގެ ސަރަޙައްދީ ކުނި މެނޭޖުކުރާ މަރުކަޒަށް ކުނި އުފުލުމަށް ބޭނުންކުރުމުގެ ގޮތުން ބަނުމަށް ހަމަޖެހިފައިވާ 2 ލޭންޑިންގ ކްރާފްޓްގެ ޑިޒައިން އަދި މެނުފެކްޗަރ މަސައްކަތް ކުރިއަށް ގެންދާ ފެންވަރު ބަލައި ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމަށް 1 (އެކެއް) ސުޕަވިޝަން އިންޖިނިއަރ ހޯދުމަށް ކުރެވުނެ ނަންބަރު (IUL)438-RDS/1/2016/167 އަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވުމުގެ ސަބަބުން، އެ ބީލަން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

އިންޖިނިއަރުގެ މަސްއޫލިއްޔަތްތަކާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކާއި އެހެނިހެން ތަފުސީލުތައް ހިމެނިގެންވާ މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅަންވީ މަޢުލޫމާތު "ޓާރމްސް އޮފް ރިފަރެންސް" ގައި ހިމެނިގެންވާނެއެވެ.  

އެޕްލިކޭޝަން ހުށަހެޅުން

ޝައުޤުވެރިވާ ފަރާތްތަކުން " އެޕްލިކޭޝަން " ހުށަހަޅުއްވާނީ ސިޓީއުރައިގައި ބަންދުކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރަތްތަކުގެ ހާޒިރުގައި2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018431 ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

31 އޮކްޓޫބަރު 2016
ހޯދާ