| 1. ކޮންމެ ދުވަހަކު 2 ފަހަރު (ހެނދުނާއި ހަވީރު) ރީޓްރާންސްމިޓިންގ ހަޓުގައި ހުރި އިކްއިޕްމެންޓް ރަނގަޅުތޯ ބަލައި ޗެކްކުރަން ޖެހޭނެއެވެ. ޗެކްކުރުމަށްފަހު، ހެނދުނު 9:00 ގެ ކުރިން އަދި ހަވީރު 17:30 ގެ ކުރިން، ކޮންމެ ދުވަހަކުވެސް ޕީ.އެސް.އެމްގެ ޓްރާންސްމިޓިންގ ޔުނިޓަށް  އެސް.އެމް.އެސް މެދުވެރިކޮށް އަންގަންޖެހޭނެއެވެ. 2. ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގައި، ފޯމު ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ހަފްތާއަކު އެއްފަހަރު (ކޮންމެ ބުރާސްފަތި ދުވަހަކު) މި ފޯމު ފެކްސް ނުވަތަ ވައިބަރ ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ.އެސް.އެމްގެ އިންޖިނިއަރިންގއަށް ފޮނުވަންޖެހޭނެއެވެ. 3. ރަށުގެ ޖަނަރޭޓަރުން ކަރަންޓް ބަދަލުކުރާ ވަގުތުތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން ޓްރާންސްމީޓަރ އޮފްވެފައިވޭތޯ ބަލައި ޗެކްކުރަން ޖެހޭނެއެވެ. އޮފްވެފައިވާނަމަ، ޓްރާންމީޓަރ އޮންކުރަން ޖެހޭނެއެވެ. 4. އިރުއިރުކޮޅުން ކަރަންޓުގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ، ޕީ.އެސް.އެމްގެ ޓްރާންސްމިޓިންގ ޔުނިޓަށް ލަސްނުކޮށް އަންގަންޖެހޭނެއެވެ. 5. ހަޓާ ހަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްވިޕްމަންޓެއް ފޮހެ ސާފުކުރަންޖެހޭނެއެވެ. 6. ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކްކުރަން ޖެހޭނެއެވެ. 7. ޕީ.އެސް.އެމްގެ ސިގްނަލް ލިބުމަށް ދަތިވާގޮތަށް ޑިޝްއެންޓަނާއާ ކައިރީގައި ގަހެއް ހުރިނަމަ، އެ ގަސް ކަނޑައި ސާފުކުރަން ޖެހޭނެއެވެ. އަދި މަހަކު އެއްފަހަރު ޓަވަރުގެ ހާލަތު ބަލައި ޗެކްކުރުމަށްފަހު، ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯޓް ފޮނުވަން ޖެހޭނެއެވެ. 8. ޑިޝްއެންޓަނާއާއި ޓަވަރުގައި ދަބަރު ޖަހާނަމަ، އެކަން ލަސްނުކޮށް ޕީ.އެސް. ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. އަދި ޕީ.އެސް.އެމުން އަންގާގޮތެއްގެ މަތިން ދަބަރުކަހައި ސާފުކޮށް އެތަންތަނުގައި ދަވާދުލައި ބަލަހައްޓަންވާނެއެވެ. މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ހަވާލުވެ ތިބޭ ފަރާތްތަކާ ގުޅައިގެން ހޯދަންވާނެއެވެ. 9. މަސައްކަތާ ހަވާލުވެފައިވާ ފަރާތުން ރަށުން ބޭރަށް ދާންޖެހިއްޖެނަމަ، ހަޓާ ހަވާލުވާނޭ ފަރާތެއް ހަމައްޖެއްސުން އެއީ މަސައްކަތާ ހަވާލުވެފައިހުރި ފަރާތުގެ ޒިންމާއެކެވެ.  10. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓްގެ އެއްވެސް އިކްއިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަކަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީއަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ، އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އަންގަންޖެހޭނެއެވެ. 11. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވަކަން ފާހަގަކުރެވިއްޖެނަމަ، ވީ އެންމެ އަވަހަކަށް ޕީ.އެސް.އެމްގެ އިންޖިނިއަރިންގ ޓްރާންސްމިޝަނާ ހަވާލުވެގެން ތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. 12. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއްދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަކުރެވިއްޖެނަމަ، ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް އެކަން އަންގަންވާނެއެވެ. އަދި ޕީއެސް.އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯޓްކުރަންވާނެއެވެ. |