ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
'އިލެކްޝަން ސްޓެޓިސްޓިކްސް މެނޭޖްމެންޓް ސިސްޓަމް ސޮފްޓްވެއަރ' އެއް ޑިވެލޮޕްކޮށްދޭނޭ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC-87-ENG/2016/483

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

ޕީ.އެސް.އެމް އިން އުފައްދާ އިލެކްޝަނާ ގުޅޭ ޕޮރޮގްރާމްތަކުގެ ސްޓެޓިސްޓިކްސް ބެލެހެއްޓުމަށް ބޭނުންވާ "އިލެކްޝަން ސްޓެޓިސްޓިކްސް މެނޭޖްމެންޓް ސިސްޓަމް ސޮފްޓްވެއަރ" އެއް ޑިވެލޮޕް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސޮފްޓްވެއަރ ޑިވެލޮޕްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 3 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 14:00 އަށް ޕީ.އެސް.އެމް. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

29 މުޙައްރަމް 1438

30 އޮކްޓޫބަރު 2016
ހޯދާ