ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)167-PR/1/2016/61 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތުން ހާޒިރުވެފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 2 ނޮވެންބަރު 2016 | ބުދަ | 14:00 | 
| އަންދާސީހިސާބު ހުށަހެޅުން | 6 ނޮވެންބަރު 2016 | އާދީއްތަ | 14:00 | 
25 މުޙައްރަމް 1438
 
                    