ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރު އެލް.ކޭ.ޖީއާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވެއްދުމާ ބެހޭ:
2017 ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭ.ޖީއާއި އެހެނިހެން ގްރޭޑްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ސްކޫލަށް ވަނުމަށް އެދޭ ފޯމު ފުރުމަށްފަހު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
| 
 ފޯމު ދޫކުރުން  | 
 2016 އޮކްޓޫބަރު 25 ން ފެށިގެން 2016 ނޮވެންބަރު 6 އަށް (ހެނދުނު 8:00 އިން ފެށިގެން 14:00 އަށް)  | 
| 
 ކުދިން ވެއްދުމަށް ހަމަޖެހިފައިވާ ގްރޭޑް  | 
 އެލް.ކޭ.ޖީ  | 
| 
 އުމުރުފުރާ  | 
 2017 ވަނަ އަހަރުގެ ޖަނަވަރީ 1 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން  | 
| 
 އިތުރު މަޢުލޫމާތު  | 
 ސްކޫލަށް ވަންނަން އެދޭ ފޯމު ސްކޫލުގެ ރަސްމީގަޑީގައި މި ސްކޫލުން ލިބެން ހުންނާނެއެވެ. އެލް.ކޭ.ޖީ ފިޔަވައި އެހެން ގްރޭޑަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ސްކޫލުގެ އެޑްމިޝަން ޕޮލިސީގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.  | 
| 
 ފޯމު ހުށަހަޅަންޖެހޭ ސުންގަޑި  | 
 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 އަށް  | 
ނޯޓް: ފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 13:00 ކަމުގައި ވިޔަސް، ސްކޫލަށް އަލަށް ވަންނަ ކުދިންގެ ފޮތް ލިސްޓު/ ވައުޗަރ ފަދަ ތަކެތި އަވަސްކުރުމަށްޓަކައި ނިންމަންޖެހޭ އިދާރީ ކަންކަން ނިންމުމަށް ވީ އެންމެ އަވަހަކަށް ފޯމުތައް ހުށަހެޅުމަކީ ސްކޫލުގެ ވަރަށްބޮޑު އެދުމެކެވެ.
