ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގައި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މަދަރުސާގެ ނަންބަރު: GS33/2016/23 އިޢުލާނާ، ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

1- ސްކޫލްގެ ވަށާފާރުގައި ކުލަލުން

2- ސްކޫލް ގޯތިތެރޭގައި ވޯރކްވޭއެއް ހެދުން

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން އަމަލުކޮށްދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 2016 ނޮވެންބަރު 1 ވަނަ ދުވަހުގެ 12:30 އަށް ސްކޫލްގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން.

2016 ނޮވެންބަރު 9 ވަނަ ދުވަހުގެ 12:30 އަށް ސްކޫލްގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުން.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ ފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވިދާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ އެކަމަށް މި ސްކޫލުން ދޫކުރާ ފޯމެއްގައެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކުގެ ނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައި ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި އަންދާސީހިސާބު ހުށަހެޅުއްވުމުގައި، ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:  ފޯން ނަންބަރު 6600034 / 9659595
24 އޮކްޓޫބަރު 2016
ހޯދާ