ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓުފިކެޓެއް ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛

3. އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު: 

1. ހަވާލުކުރެވޭ ތާވަލުގައިވާ ގޮތުގެމަތިން އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައިގެން ކުރުން.

2. އިމްތިޙާން ޓައިމްޓޭބަލް ހެދުމަށްޓަކައި ފެކަލްޓީ/ސެންޓަރުތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.

3. އިމްތިޙާން ޓައިމްޓޭބަލް އެކުލަވައިލުމުގެ މަސައްކަތުގައި އެހީތެރިވުން.

4. އިމްތިޙާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިޙާން ހޯލަށް ބޭނުންވާގޮތަށް ތައްޔާރުކުރުން.

5. އިމްތިޙާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.

6. އިމްތިޙާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމްބުކްކޮށް، އިމްތިޙާން އޮންނަ ދުވަހުގެ ކުރިން  އިމްތިޙާނުގެ ބޭނުމަށް އެތަންތަން ލިބިފައިވާކަން ކަށަވަރުކުރުން.

7. އިމްތިޙާން ހޯލުތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ، އިމްތިޙާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގައި، އެފަރާތުން އެކަން ކުރިކަން ކަށަވަރުކުރުން.

8. އިމްތިޙާން އިންވިޖިލޭޓްކުރުން.

އިމްތިޙާނަށް ބޭނުންވާ ތަކެއްޗަށް ކުރިޔާލައި ސްޓޮކުން އެދުމާއި، އެތަކެތި ސްޓޮކުން ނެގުން.

10. ސްޓޮކްގައި އިމްތިޙާނަށް ޚާއްޞަކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް، ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.

11. އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

12. ކަމާބެހޭ ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

13. އިމްތިޙާނަށްފަހު ނައްތައިލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތައިލުން.

14. އިމްތިޙާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުމާއި، އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭ ފަދަ ގޮތަކަށް ރައްކާކުރެވިފައިވާކަން ކަށަވަރުކުރުން.

15. އިމްތިޙާން ކަރުދާހުގައިވާ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.

16. އިމްތިޙާނަށް ދަރިވަރުން އައުމުގެ ކުރިން، އިމްތިޙާނަށް ބޭނުންވާ ތަކެތި، އިމްތިޙާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.

17. އިމްތިޙާން ބޭއްވުމަށްޓަކައި އައުޓް-ރީޗް ސެންޓަރުތަކަށް ދަތުރުކުރާ ޗީފް އިންވިޖިލޭޓަރުންގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުން.

18. އެހެން ކެމްފަހެއް ނުވަތަ އައުޓް-ރީޗް ސެންޓަރެއްގައި އިމްތިޙާން ހެދޭނެގޮތް ހަދައިދިނުމަށް ދަރިވަރަކު އެދޭނަމަ، ގަވާއިދުން އެކަން ހަމަޖައްސައިދިނުން.

19. ކޮންމެ އިމްތިޙާނެއް ނިމުމުން، އެ އިމްތިޙާނާބެހޭ ތަފްސީލް ރިކޯޑް އެކުލަވައިލުން.

20. އެގްޒޭމިނޭޝަން އޮފީހުން ދޫކުރާ އިމްތިޙާންތަކުގެ ނަތީޖާ ޝީޓް ޕްރިންޓްކޮށް، ރިސެޕްޝަނުން ދޫކުރެވޭނޭ އިންތިޒާމް ހަމަޖެއްސުން.

21. އިމްތިޙާން ޓައިމްޓޭބަލާއި، އިމްތިޙާނުގެ ގަވާއިދުތައް ވެބްސައިޓުން ލިބޭނޭގޮތަށް ބެހެއްޓުން.

22. ޔުނިވަރސިޓީ ވެބްސައިޓުގެ އިމްތިޙާނާބެހޭ ބައިގައިވާ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކުރުން.

23. އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިޙާންތަކާބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތަށް ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.

24. އެގްޒޭމިނޭޝަން އޮފީހުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ހަވާލުކުރުމާއި، އެތަކެތި އެޑްރެސްކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:  

2016 ނޮވެންބަރު 1 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ޔުނިވަރސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.

 24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ