|   މަޤާމު | މޭކަޕް އާޓިސްޓް | 
| ބޭނުންވާ އަދަދު: | 04 | މަޤާމުގެ ބާވަތް: 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް | 
| މަސައްކުރަންޖެހޭ ތަން |  ޕީ.އެސް.އެމްގެ  ޗެނަލްތައް ހިންގާ މާލޭގެ މައި މަރުކަޒުތައް. | 
| ފެންވަރު ނުވަތަ ޝަރުތު: | 
ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މައިގަނޑު މަސްއޫލިއްޔަތު: | 
ޕީ.އެސް.އެމް ގެ ހުރިހާ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމާއި ޚަބަރުތަކަށް މޭކަޕް ކުރުމާއި ފުނާއަޅުވައިިދިނުން.އެކިއެކި ރަސްމިއްޔާތުތަކަށް މުވައްޒަފުންނާއި މެހެމާނުންގެ މޭކަޕް ކުރުން.މަސައްކަތަށް ހޯދާ މޭކަޕް ސާމާނާއި، މޭކަޕްގެ ސްޓޮކް ބެލެހެއްޓުމާއި، މަދުވާ ތަކެތި ހޯދަން ރިކްއެސްޓްކުރުން.މޭކަޕްރޫމް ސާފުކޮށް ބެލެހެއްޓުން. | 
| މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު | މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މިކަމަށް ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި  ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ. | 
| އުޖޫރަ | މަހަކު -/8000 (އަށްހާސް) ރުފިޔާ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.އައިޑީ ކާޑުގެ ފޮޓޯކޮޕީ.ޕާސްޕޯރޓް ސައިޒު ފޮޓޯއެއް.ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| ސުންގަޑި: | މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު: | މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ. |