މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން
                                އިޢުލާން
ބ. ތުޅާދޫ "ސަބުދެލިގެ" އެވެ ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއާ ބެހޭ:
ބ. ތުޅާދޫ / ސަބުދެލިގޭ، އަލްމަރްޙޫމް ޢަބުދުއްރަޙުމާނު އިބުރާހީމާއި އަލްފާޟިލާ ޙައްވާ މޫސާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ބ. ތުޅާދޫ "ސަބުދެލިގެ" އެވެ ކިޔާ ބަންޑާރަ ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން، ރަޖިސްޓަރީ އަލުން ހައްދައިދިނުމަށް އެދި ބ. ތުޅާދޫ / ސަބުދެލިގޭ އަލްފާޟިލާ ޙައްވާ މޫސާ ވަނީ މި އިދާރާއަށް ހުށަހަޅާފައެވެ.
ވީމާ، މި ރަޖިސްޓަރީއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
15 މުޙައްރަމް 1438
             16 އޮކްޓޫބަރު 2016
            
        
                    ހޯދާ  
                
                 
                    