މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މާފުށީ ޖަލުގެ އިދާރީ އޮފީސް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް
                                އިޢުލާން
މާފުށީޖަލުގެ އިދާރީ އޮފީސް އިމާރަތްކުރާނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިނގަމުންގެންދާ މާފުށީ ޖަލުގައި އިދާރީ އޮފީހެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 26 އޮކްޓޫބަރު 2016 | ބުދަ | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | 31 އޮކްޓޫބަރު 2016 | ހޯމަ | 11:00 | 
17 މުޙައްރަމް 1438
             20 އޮކްޓޫބަރު 2016
            
        
                    ހޯދާ  
                
                 
                    