ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސަރވިސްއަށް ޑިޖިޓަލް ރޭޑިޔޯ ކޮމިއުނިކޭޝަން ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވާ ސާމާނާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 26 އޮކްޓޫބަރު 2016 | ބުދަ | 14:00 | 
| އަންދާސީހިސާބު ހުށަހެޅުން | 02 ނޮވެންބަރު 2016 | ބުދަ | 14:00 | 
18 މުޙައްރަމް 1437
 
                    