ދިވެހިރާއްޖެ
އިޢުލާން
ދޯންޏެއް ކުއްޔަށް ހިފުމާބެހޭ:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި، އެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މުދާ އުފުލުމަށް މާލެއާއި، މާފުށްޓާ ދޭތެރޭގައި ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ފުރަތަމަ ކުރެވުނު ނަންބަރު: (IUL)167-CC/PR/1/2016/55 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިން ފަރާތުން ހާޒިރުވެފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 24 އޮކްޓޫބަރު 2016 | ހޯމަ | 14:00 | 
| އަންދާސީހިސާބު ހުށަހެޅުން | 31 އޮކްޓޫބަރު 2016 | ހޯމަ | 14:00 | 
15 މުޙައްރަމް 1437
 
                    