ދިވެހިރާއްޖެ
އިޢުލާން
ދޯންޏެއް ކުއްޔަށް ހިފުމާބެހޭ:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ކ.މާފުށީ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދާ މީހުންނާއި އެ ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުދާ އުފުލުމަށް މާލެއާއި މާފުށްޓާ ދޭތެރޭ ދަތުރުކުރާނެ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 13 އޮކްޓޫބަރު 2016 | ބުރާސްފަތި | 14:00 | 
| އަންދާސީހިސާބު ހުށަހެޅުން | 20 އޮކްޓޫބަރު 2016 | ބުރާސްފަތި | 14:00 | 
02 މުޙައްރަމް 1437
 
                    