|
މަޤާމު: އެސިސްޓެންޓް ލީގަލް އޮފިސަރ ގްރޭޑް 1
|
|
މުސާރައާއި އެލަވަންސް:
|
މަހަކު -/8400 ރުފިޔާ
|
|
މަޤާމުގެ ރޭންކް
|
AS 6
|
ބޭނުންވާ އަދަދު
|
1
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
އެޑްމިނިސްޓްރޭޓިވް / ލީގަލް
|
|
މަޤާމުގެ ބާވަތް
|
1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް
|
|
މަޤާމުގެ ޝަރުޠު:
|
ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުން، ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު، ދާއިރާއިން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދާއިރާގެ 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ލީގަލް ސެކްޝަނަށް ލިބޭ ތަކެއްޗާއި އަދި ސެކްޝަނުން ފޮނުވާ ޑޮކިއުމަންޓް މެނޭޖްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- ލީގަލް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.
- ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔުންތައް ސެކްޝަންތަކާ ހަވާލުކޮށް އެތަކެތި ތަރުތީބުން ބެލެހެއްޓުން.
- ޑިޕާޓްމަންޓްތަކުން ކުރާ ރިކްއެސްޓްތަކާ ގުޅިގެން ހަދަންޖެހޭ އެގްރީމެންޓް ހެދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- އެމް. އޯ. ޔޫ. ތައް ޑްރާފްޓްކޮށް ސޮއިކުރުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ލީގަލްގެ ދާއިރާއިން ކުންފުނީގެ މަޤުޞަދުތައް ހާސިލުކުރުމަށް މަސައްކަތުގައި އެއްބާރުލުންދީ އެހީތެރިވުން.
|
|
ވަޒީފާއަށް އެންމެ ޤަބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
- ޕާސްޕޯޓްސައިޒުގެ ފޮޓޯއެއް.
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
|
އިންޓަރވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|