ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ އައްސޭރި ޖަލުގައި ދަގަނޑު ތާނގީއެއް ބަނދެދޭނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ އައްސޭރިޖަލުގައި ދަގަނޑު ތާނގީއެއް ބަނދެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)167-PR/1/2016/49 އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚު | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 09 އޮކްޓޫބަރު 2016 | އާދީއްތަ | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | 16 އޮކްޓޫބަރު 2016 | އާދީއްތަ | 10:00 | 
27 ޛުލްޙިއްޖާ 1437
 
                    