ދިވެހިރާއްޖެ
އިޢުލާން
އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމާބެހޭ
2017 ވަނަ އަހަރުން ފެށިގެން ކުރިއަށްއޮތް 3 އަހަރުދުވަހަށް މި ސްކޫލަށް ބޭނުންވާ އެކްޓިވިޓީ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 ތާރީޚާއި ގަޑި: 2016 އޮކްޓޫބަރު 11 ވާ އަންގާރަދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް  | 
 ތާރީޚާއި ގަޑި: 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.
26 ޛުލްޙިއްޖާ 1437
