މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
8 ފޫޓު 4 ފޫޓުގެ 15 ފައިލު ހަރުގަނޑު ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް 8 ފޫޓު 4 ފޫޓުގެ 15 ފައިލު ހަރުގަނޑު ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަން ކުރިއަށް ގެންދެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 މި ތާރީޚުގައި އާންމުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010 މި ތާރީޚުގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބަންދުކުރެވިފައިވާ ބީލަންތައް 2016 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަންހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.

29 ސެޕްޓެންބަރު 2016
ހޯދާ