ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރާންޓް ނަންބަރު: TF019383
އިންޓަރނަލް އޮޑިޓަރ
ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވައިލެވި، ތަންފީޒު ކުރަމުންގެންދާ "ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް"ގެ މަޝްރޫޢަށް އިންޓަރނަލް އޮޑިޓަރެއްގެ ޚިދުމަތް ހޯދުމަށް ބޭނުންވެއެވެ.
އިންޓަރނަލް އޮޑިޓަރގެ މައިގަނޑު މަޤްޞަދުތަކަކީ: (1) އިންޓަރނަލް ކޮންޓްރޯލްސް ހިމެނޭގޮތަށް މަޝްރޫޢުގެ ޕްރޮކިއުމަންޓާއި ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތައް ދިރާސާކުރުމަށްފަހު މަޝްރޫޢުގެ މަސައްކަތް ހިނގަމުންދަނީ މާލިއްޔަތު ގަވާއިދާއި، މަޝްރޫޢުގެ އެއްބަސްވުމާއި ވޯލްޑްބޭންކްގެ ޕްރޮކިއުމަންޓާއި ފައިނޭންޝަލް މެނޭޖްމަންޓް ގައިޑްލައިންސްއާ އެއްގޮތަށްތޯ ބެލުން، (2) މަޝްރޫޢުގެ މަސައްކަތްތައް (ޢަމަލީ މަސައްކަތާއި ގުޅުންހުރި ޚަރަދުތައް) ކުރިޔަށްދާ ގޮތް އިވެލުއޭޓް ކުރުން، (3) މަޝްރޫޢަށް ހުރި ހިރާސްތައް (ރިސްކް) ކަނޑައަޅައި ޕްރޮކިއުމަންޓާއި އެކައުންޓިންގގެ އުސޫލުތައް ހަރުދަނާކޮށްގެން އެކަންތައް ރަނގަޅުކުރާނެ ގޮތް ހޯދުން، އަދި (4) މަޝްރޫޢު ނިމެންދެން ތައްޔާރުކުރެވޭ ޕްރޮގްރާމަކާ އެއްގޮތަށް އަހަރަކު ދެފަހަރު އޮޑިޓް ކުރުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަމާއި ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ކުރީގައި ހިންގާފައިވާ މިފަދަ ޕްރޮގްރާމުތަކާބެހޭ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި އެހެނިހެންވެސް މުހިންމު މަޢުލޫމާތުތައް) ހުށަހަޅަން ވާނެއެވެ.
ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް ޖުލައި 2014 ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް ޖުލައި 2014 ގައި އިޞްލާޙުކޮށް އެކުލަވައިލެވިފައިވާ ވޯލްޑް ބޭންކް ގައިޑްލައިންސްގެ 'ލީސްޓް ކޯސްޓް ސިލެކްޝަން' އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ލިބިވަޑައިގަންނަވާނެއެވެ.
ވީމާ ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)
ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،
މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018419 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]
