ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގެ 2 ޢިމާރާތެއްގެ 4 ފްލޯގެ ވޯކުވޭގެ އެއްކޮޅުގައި މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެލްމިނިއަމް ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ސްކޫލުގެ 2 ޢިމާރާތެއްގެ 4 ފްލޯގެ ވޯކުވޭގެ އެއްކޮޅުގައި މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެލްމިނިއަމް ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 04 ވާ އަންގާރަދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 10 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
