ދިވެހިރާއްޖެ
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މޯލްޑިވިއަން އައިޑަލް ސީޒަން 2 އަށް ''ސައުންޑް ކޮންސަލް ޓެންޓް'' އެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2016/189 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތަކުގައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުވުމުގެ ސަބަބުން ޕްރޮޕޯސަލްތައް ބާޠިލުކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 15:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 3 ވާ ހޯމަ ދުވަހުގެ 15:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއްނުގަނެވޭނެއެވެ.
02 ޛުލްޙިއްޖާ 1437
