ދިވެހިރާއްޖެ
އިޢުލާން
މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސޮފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމެންޓްކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރުމާ ގުޅޭ
މި ކުންފުނީގައި މައިކްރޯސޮފްޓް ޑައިނަމިކްސް އީ.އާރު.ޕީ ސޮފްޓްވެއަރ އިންސްޓޯލްކޮށް އިމްޕްލިމަންޓް ކުރުމަށް އެދިލައްވާ ފަރާތްތަކަށް އެމަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމަށް 2016 އޮގަސްޓު 25 ގައި ހުޅުވާލެވުނު ފުރުޞަތުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމާއި، މަޢުލޫމާތު ސެޝަންގައި ބައިވެރިވުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު އެރުވޭނީ ހަމައެކަނި އީ.އޯ.އައި ހުށަހަޅުއްވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލަށް މެއިލް ކުރުމުން ނުވަތަ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ރަޖިސްޓަރީ ކުރެވޭނެއެވެ. ރަޖިސްޓަރީ ކުރުމުގެ ފަހު ތާރީޚަކީ 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހެވެ. އަދި ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި މިހާރު ރަޖިސްޓަރީ ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދަވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ކުރިން މި ކުންފުންޏަށް ސިޓީއަކުން ނުވަތަ އީމެއިލުން އެންގެވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
20 ޛުލްޙިއްޖާ 1437