ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫގައި ތަރައްޤީ ކުރަމުންދާ މިއުޒިއަމް ޕާކް ސަރަޙައްދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކެފޭއެއް ހަދައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި ފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ދިނުން
މި މަސައްކަތާގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 ސެޕްޓެންބަރު 26 ވާ ހޯމަ ދުވަހުގެ 14:00 ގައި މި މިނިސްޓްރީގައެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ލިބިލައްވާނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
ޕްރޮޕޯސަލް ބަލައިގަތުން
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައެވެ. މި ގަޑީގެ ފަހުން ހުށަހަޅޭ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ
ފޯނު: 3004300 / 3004120
ފެކްސް: 3004301