ދިވެހިރާއްޖެ
އިޢުލާން
މި ކުންފުންޏަށް އައި.ޓީ ހާރޑްވެއަރއާއި، ސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 13 އޮގަސްޓު 2016 ގައި ކުރެވުނު އިޢުލާނު (ނަންބަރު TENDER/AS/2016/031) ގެ ތިރީގައިވާ ސެކްޝަންތަކަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އެ ސެކްޝަންތަކަށް އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާންކުރަމެވެ.
ސެކްޝަން 4 : ޕްރިންޓަރ
ސެކްޝަން 6 : ބްލޭޑް ނޯޑްސް
ސެކްޝަން 7 : ފަޔަރ ވޯލް
ސެކްޝަން 11 : ބެކަޕް ސޮފްޓްވެއަރ
ވީމާ، މިކަމަށް ކުރިމަތިލާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 29 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]
ވެބްސައިޓް: www.aasandha.mv
ފޯން: 3011418
ފެކްސް: 3013636
