ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ  

ބޭނުންވާ އަދަދު

1

ރޭންކް

އެމް.އެސް 1

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން

ފުވައްމުލަކު މިސްކިތްމަގު ކައުންސިލުގެ އިދާރާ

މަޤާމުގެ މަސްއޫލިއްޔަތު

މިސްކިތްމަގު ކައުންސިލުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމާބެހޭ ކަންތައް ކުރުން.

މަޤާމުގެ ޝަރުޠު

1- އިޤްތިޞާދީ ތަރައްޤީއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އިޤްތިޞާދީ ތަރައްޤީއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- އިޤްތިޞާދީ ތަރައްޤީއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- މި މަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު. (ވަޒީފާއަށް އެދޭ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.) 

- މަޤާމާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވާ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް  

- ލިބިފައިވާ ތަމްރީނާ ގުޅޭ ސެޓުފިކެޓުތައް.

- ސިވިލް ސަރވިސް އަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިންޓަަރވިއު ކުރުން

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުކޮށް ހޮވޭ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު 2016 ސެޕްޓެންބަރު 29  އިން 2016 އޮކްޓޫބަރު 6 އާ ދެމެދު މި އިދާރާގައި އޮންނާނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަރވިއު ފަސްވާނަމަ އެކަން އެފަރާތްތަކަށް އަންގާނެއެވެ.   

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860505 ނަންބަރު ފޯނަށެވެ.

4 ޛުލްޙިއްޖާ 1437

06 ސެޕްޓެންބަރު 2016
ހޯދާ