ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

3

ބޭނުންވާ އަދަދު:

-  

މަޤާމުގެ ނަންބަރު:

ރިލީފް ޓީޗަރ

މަޤާމު:

ތ. ވޭމަންޑޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް: 

ވޭމަންޑޫ ސްކޫލް

އޮފީސް:

ސެކްޝަން: އެކަޑަމިކް

މުއްދަތު: 3 (ތިނެއް) މަސްދުވަސް

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2500 ރުފިޔާ

  • ދަރިވަރުންނަށް ގިނަގުނަ މަޢުލޫމާތާއި ޓެކްސްފޮތުގައިވާ މަސައްކަތުގެ އިތުރުން އިތުރު މަސައްކަތްތަކެއް ގެންދެވޭނޭގޮތަށް ކުލާހުގައިވާ އިތުރު އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށްވެސް އެހީތެރިކަން ދެވޭނޭގޮތަށް ލެސަންޕްލޭން ތައްޔާރުކޮށް، ސުޕަވައިޒަރުންނާއި އެޗް. އޯ.ޑީން އަންގަވާ ގަވާއިދެއްގެ މަތީން އެބޭފުޅުން ލައްވައި ޗެކްކުރުން.
  • މުޅިއަހަރުގެ މުޤައްރަރު 2 ޓާމަށް ބަހައި، ސްކީމް ތައްޔާރު ކުރުން.
  • ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި، ކިޔަވައިދިނުން އެއާ އެއްގޮތަށް ބައްޓަންކޮށް، މުޤައްރަރުގައިވާ ބައިތައް ހާސިލުކުރުން.
  • ކުލާހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި، ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާޙައުލެއް ޤާއިމުކުރުމާއި، އަދި ކިޔަވައިދެއްވާ ގަޑިތަކަކީ ފޮތް މާކުކުރާ ގަޑިތަކަކަށް ނުހެދުން.
  • ކިޔަވައިދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން.
  • ކިޔަވައިދެއްވާ ފިލާވަޅާ ގުޅޭ ކިޔަވައިދިނުމުގެ އެހީ ތައްޔާރުކުރުމާއި ބޭނުންކުރުން.
  • ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތްތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައިދިނުން.
  • އިސްލާމް، ޤުރުއާން، ދިވެހި، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައިދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސިބަހުން ވާހަކަ ދެއްކުމަށް ބާރު އެޅުން.
  • ދިވެހިބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހިބަސް ބޭނުންކުރުމަށް ބާރު އެޅުން.
  • ދަރިވަރުންނަށް އެ ދަރިވަރުންގެ ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި ހިތްވަރު ދިނުން.
  • ކިޔަވައިދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި، ރިމީޑިއަލް ނެންގެވުން.
  • ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުދިންގެ ކިޔެވުމަށް ހުރަސް އެޅޭފަދަ ކަމެއްވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަން އެންގެވުން.
  • ދަރިވަރުންގެ ފެންވަރާމެދު މުދައްރިސް ޒިންމާވާން ޖެހޭނެއެވެ.
  • ރިޕޯޓްފޮތުގައި ޓިޕެކްސް ބޭނުންނުކުރުން.
  • މުދައްރިސުން އެ މުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.
  • ސެޝަނުގެ ފުރަތަމަ ބެލް ޖެހުމާއެކު، ކުލާސްޓީޗަރުން ކުލާސްތަކަށް ދުރުވަންވާނެއެވެ.
  • ކުލާސް ޓީޗަރުން ހާޒިރީ މާކްކޮށް، ހާޒިރީގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރަން ވާނެއެވެ.
  • ހަވާލުކުރެވިފައިވާ ކުލާސްރެކޯޑުގައިވާ ބައިތައް ގަޑިގަޑިއަށް ފުރިހަމަކުރުން.
  • ކުލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެ ކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ.
  • ކުލާސްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަންވާނެއެވެ. އަދި ސެޝަން ނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރި ޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުން ލައްވާ ނަގައި ޑަސްބިނަށް އަޅަން ޚާއްޞަ ސަމާލުކަމެއް ދިނުން.
  • ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ.
  • ކުލާސް ޓީޗަރުން ކުލާހަށް ހާޒިރުނުވާ ދަރިވަރުންނާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަންވާނެއެވެ.
  • ކުދިން ކުލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކުލާސް ދޫކޮށް ލައްވާފައި ވަޑައިނުގަންނަވާށެވެ.
  • ކުލާހަށް ވަޑައިގަންނަވާނީ ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ.
  • ކިޔަވައިދޭ މާއްދާއިން ދަރިވަރުންނަށް ލިބޭ ކާމިޔާބާއި ނާކާމިޔާބީއެއް ބިނާވަނީ މުދައްރިސް ކޮށްދެއްވާ މަސައްކަތުގެ މައްޗަށެވެ.
  • ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ހަވާލުވެފައިވާ ހަރަކާތެއް ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.
  • ދަރިވަރުންގެ ކިބައިން ފެންނަ ނުރަނގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ.
  • ސްކޫލުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތްކުރަން ވާނެއެވެ.
  • އެ މުދައްރިސެއްގެ ކިޔަވައިދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ.
  • ކިޔަވައިދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކުލާހުގެ ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ.
  • ހިންގަވާ ހުރިހާ ޙަރަކާތްތަކެއްގެ ރެކޯޑު ބަލަހައްޓަވަން ވާނެއެވެ.
  • ކުލާހުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނީ އެވަގުތަކު އެ ކުލާހުގައި ހުންނަވާ މުދައްރިސެކެވެ.
  • ދަރިވަރުންގެ ކިބައިގައި ސާފުތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަންވާނެއެވެ.
  • ކިޔަވައިދިނުމާ ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ.
  • ސްކޫލުގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރި ގޮތުގައި ނޫނީ ބޭނުން ނުކުރައްވާށެވެ. ފަރުވާކުޑަކަމުން ސްކޫލުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ، އޭގެ ޒިންމާ އެބޭފުޅަކު އުފުއްލަވަން ޖެހޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ މަތިން ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

3. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ

6. ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލްގެ އޮފީހަށް ހުށަހެޅުން

ހުށަހަޅަންވީ ގޮތް:

2016 ސެޕްޓެންބަރު 19 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން ތ.ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

ސުންގަޑި:

- އިންޓަރވިޔު އޮންނާނީ 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހު ތ.ވޭމަންޑޫ ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780564 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

30 އޮގަސްޓް 2016
ހޯދާ