މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާބެހޭ:

މިރަށުގެ ސްޕޯޓްސް އެރީނާ ސަރަޙައްދުގައި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 5 ވާ ހޯމަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

  • އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގަށް

މަސައްކަތުގެ މުއްދަތަށް

މަސައްކަތާ ގުޅޭ ތަޖުރިބާއަށް

ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް

ޖުމްލަ

80%

10%

5%

5%

100%

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ