ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ކޮންޓްރެކްޓް އުސޫލުން މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)338-MS/338/2016/11 އާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ކ.ގުރައިދޫ ކައުންސިލުގެ އިދާރާ  | 
 31 އޮގަސްޓު 2016  | 
 ބުރާސްފަތި  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 ކ.ގުރައިދޫ ކައުންސިލުގެ އިދާރާ  | 
 7 ސެޕްޓެންބަރު 2016  | 
 ބުދަ  | 
 11:00  | 
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
19 ޛުލްޤަޢިދާ 1437
