ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީން ނެރުމަށް ހަމަޖެހިފައިވާ "އޭން އެންވަޔަރަންމަންޓް ކުލަބް ގައިޑްލައިން" ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ސްކޫލް ދަރިވަރުންނަށް އަމާޒުކުރެވިގެން ސްކޫލްތަކުގެ އެންވަޔަރަންމަންޓް ކުލަބުތައް ހިންގުމުގެ ގައިޑްލައިން ފޮތް "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން" ޗާޕުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ފޮތް ޕްރިންޓްކުރެވެންވީ ގޮތާބެހޭ އިތުރު މަޢުލޫމާތު ހިމެނޭ 'ޓާމްސް އޮފް ރިފަރެންސް' މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ޕްރީ ބިޑް ބައްދަލުވުން
މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 28 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި މި ދެންނެވި ތާރީޚުގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ" މިހެން ލިޔެވިފައިވާންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މަސައްކަތުގެ އަގު:
- ފޮތް ޗާޕުކޮށް އަދި ބައިންޑް ކުރެވޭނެ އަގު
- ސާމްޕަލް ބުކްލެޓް ނުވަތަ ގަނޑު (ޗާޕް ކޮލިޓީ ބެލުން)
- ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން
ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 3018337 (960) + ނުވަތަ 3018300 (960)+
ފެކްސް: 3018301 (960)+
އީމެއިލް: [email protected]
މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓުގައި "އޭން އެންވަޔަރަންމަންޓް ކްލަބް ގައިޑްލައިން ޗާޕުކުރުމާބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.