ދިވެހިރާއްޖެ
އިޢުލާން
މި ސަރވިސްގެ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ އަދި އެމް.ސީ.އެސްގެ ހެޑް އޮފީހުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)167-PR/1/2016/43 އަށް އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތެއް ހާޒިރުނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފުސީލު | ތާރީޚ | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރެއްވުމަށް | 25 އޮގަސްޓު 2016 | ބުރާސްފަތި | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | 30 އޮގަސްޓު 2016 | އަންގާރަ | 10:00 | 
13 ޛުލްޤަޢިދާ 1437
 
                    