ދިވެހިރާއްޖެ
އިޢުލާން
ޓްރާންސްފޯމަރ ގަތުމާގުޅޭ
މި ކުންފުނީގެ ބްރާންޗްތަކުގެ ބޭނުމަށް 7 (ހަތެއް) ޓްރާންސްފޯމަރ ގަތުމަށް ބޭނުންވެއެވެ.
ބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް 2016 އޮގަސްޓު 21 ން 25 ގެ ނިޔަލަށް ރަސްމީ ގަޑީގައި 08:30 އިން 15:00 މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ނުވަތަ މި ކުންފުނީގެ ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ޑިވިޜަންގެ ރަސްމީ މެއިލް [email protected] އަށް ރިކުއެސްޓް ކުރުމުން މަޢުލޫމާތު ކަރުދާސް މެއިލްކުރެވޭނެއެވެ. މި ބިޑުގައި ބައިވެރިވެވޭނީ ހަމައެކަނި މަޢުލޫމާތު ކަރުދާސް ދޫކުރެވޭ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
15 ޛުލްޤަޢިދާ 1437
