މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.ވަންދޫގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމްކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އުފައްދާ، އިމްޕޯރޓްކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތާ ބެހޭ

އިޢުލާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ރ.ވަންދޫގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމުކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' (ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުތަކުގެ ބަރުދަން ބެލުމަށް ބޭނުންކުރާ ޕްލެޓްފޯމް) އުފައްދާ، އިމްޕޯޓްކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، ގިނަ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުން ދާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ކުރެވުނު ނަންބަރު (IUL)438-PPS/1/2016/137 (02 އޮގަސްޓު 2016) އިޢުލާނުގައި ރަޖިސްޓަރީކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އިތުރުކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތަށް ބިޑް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރާއިގެ ބޭރުގައި ތިރީގައިވާގޮތަށް ޖެއްސެވުން އެދެމެވެ.

"ރ.ވަންދޫ ގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢަށް ކަނޑައެޅިފައިވާ ސެންޓަރުގައި ޤާއިމްކުރުމަށް ބޭނުންވާ 'ވެއިންގ ބްރިޖް' އުފައްދާ، އިމްޕޯރޓްކޮށް އަދި އިންސްޓޯލް ކުރުމުގެ މަސައްކަތާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-PPS/1/2016/151"   

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

ހުށަހަޅަންވީ ތަކެތި

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅަން ކަނޑައަޅާފައިވާ އެއްވެސް ލިއުމެއް މަދުވެއްޖެނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު ބީލަމާއެކު ހުށަހަޅާ ތަކެތީގައި އަންނަނިވި ކަންކަން ފުރިހަމަ ވާންވާނެއެވެ.

  • އަންދާސީހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށް.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކުގެ ވަކިވަކި ބައިތަކުގެ އަގުވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރަޖިސްޓަރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓުފިކެޓުގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ރަޖިސްޓަރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ފާއިތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ކުރައްވާފައިވާ މަސައްކަތްތައް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ.)
  • މީގެ އިތުރުން ޓީ.އޯ.އާރ ގައި ބިޑާއެކު ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކާއި ޑޮކިއުމަންޓްތައް. (ޓީ.އޯ.އާރ ބެލުމަށް)
  • އަގު ހުށަހަޅުއްވާއިރު މަތީގައި ދެންނެވިފައިވާ އެއްވެސްލިއުމެއް މަދުނަމަ އެ ޕްރޮޕޯސަލެއް ބާޠިލުކުރެވޭނެއެވެ.

ރަޖިސްޓަރީ ކުރުން

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު  ރަސްމީގަޑީގައި މި މިނިސްޓްރީގެ ކައުންޓަރުގައި ރަޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ޝީޓުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި މި މަސައްކަތަށް ބިޑް ހުށަހެޅޭނީ ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ކުރިން ކުރެވުނު އިޢުލާންގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދޭނީ 18 އޮގަސްޓު 2016 އިން 24 އޮގަސްޓު 2016 އާ ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ ([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ. މި މުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު 2016 އޮގަސްޓު 31 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ގައި ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

18 އޮގަސްޓް 2016
ހޯދާ