ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސައުންޑާއި ލައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު:

މި ކުންފުނީގެ ފަރާތުން އިންތިޒާމުކޮށްގެން ލ. ފޮނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ''ޕީ.އެސް.އެމް ޢީދުއުފާ 1437'' ގެ ޝޯވއަށް ބޭނުންވާ ސައުންޑާއި ލައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)PSM-FP/PSM/2016/156 އިޢުލާނާ ގުޅިގެން ލިބިފައިވާ ޕްރޮޕޯޒަލްތަކުގެ އަގުތައް ބޮޑުވުމުގެ ސަބަބުން، 2 ވަނަ ފަހަރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިޔޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިޔޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެއެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016
ހޯދާ