މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒު ފަރުމާކުރުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ރ. ވަންދޫ ސަރަޙައްދީ ކުނިމެނޭޖްކުރާ މަރުކަޒުގެ "ލޭންޑް ސްކޭޕް ޑިޒައިން" ކޮށްދޭނެ ފަރާތެއް ހޯދުން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ. ވަންދޫ ސަރަހައްދީ ކުނިމެނޭޖްކުރާ މަރުކަޒުގެ "ލޭންޑް ސްކޭޕް ޑިޒައިން" ކޮށްދޭނެ "އިންޑިވިޖުއަލް ކޮންސަލްޓެންޓެއް" ހޯދުމަށް ކުރެވުނު ނަންބަރު: (IUL) 438/438/2016/193 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ ގޮތުން (ކުރީގައި ކޮށްފައިވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، މިފަދަ މާޙައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެންވެސް މުހިންމު މަޢުލޫމާތުތައް) ހުށަހަޅަންވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނީ؛ މިފަދަ މަސައްކަތް ކުރެވޭނެފަދަ ތަޖުރިބާއާއި ތަޢުލީމު ލިބިފައިވުމެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް "ޓާރމްސް އޮފް ރިފަރެންސް" އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އީ-މެއިލް އެޑްރެހަށް 2016 އޮގަސްޓު 24 ވާ އާދީއްތަދުވަހުގެ 14:00ގެ ކުރިން އީ-މެއިލް ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީ-މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޕްރޮޖެޓް މެނޭޖަރ

މެނޭޖްމަންޓް ޕްރޮޖެކްޓް ޔުނިޓް

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018415 960+، ފެކްސް: 3018301 960+

އީ-މެއިލް: [email protected]

17 އޮގަސްޓް 2016
ހޯދާ