ދިވެހިރާއްޖެ
| 
 1  | 
 ބޭނުންވާ އަދަދު:  | 
 ޓީޗަރ (ކޮންޓްރެކްޓް އެމްޕްލޯއިމެންޓް)  | 
 މަޤާމު  | 
|||||||
| 
 އެކަޑަމިކް  | 
 ޑިވިޝަން:  | 
 ފުވައްމުލަކު ސްކޫލް  | 
 އޮފީސް  | 
|||||||
| 
 ޝަރުޠު: މަޤާމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތީން ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން  | 
||||||||||
| 
 ސަރވިސް އެލަންވަންސް  | 
 ސެޓުފިކެޓު އެލަންވަންސް  | 
 މުސާރަ  | 
 ޝަރުޠު  | 
 ސީއެސް ގްރޭޑް  | 
 ސީއެސް ރޭންކް  | 
 މަޤާމް  | 
||||
| 
 -/2500ރުފިޔާ  | 
 1060/50ރުފިޔާ  | 
 -/7070ރުފިޔާ  | 
 - ކިޔަވައިދިނުމުގެ ރޮނގުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން  | 
 CS11-2  | 
 CS11  | 
 ޓީޗަރ  | 
||||
| 
 -/2500ރުފިޔާ  | 
 -/1414ރުފިޔާ  | 
 -/7070ރުފިޔާ  | 
 - ކިޔަވައިދިނުމުގެ ރޮނގުން އެމް.އެން.ކިއު.އެފް ލެވެލް 6 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން  | 
 CS11-2  | 
 CS11  | 
 ޓީޗަރ  | 
||||
| 
 -/2500ރުފިޔާ  | 
 -/2110ރުފިޔާ  | 
 -/8440ރުފިޔާ  | 
 - ކިޔަވައިދިނުމުގެ ރޮނގުން އެމް.އެން.ކިއު.އެފް ލެވެލް 8،7 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން  | 
 CS13-2  | 
 CS13  | 
 
  | 
||||
| 
 -/2500ރުފިޔާ  | 
 -/2973ރުފިޔާ  | 
 -/9910ރުފިޔާ  | 
 - ކިޔަވައިދިނުމުގެ ރޮނގުން އެމް.އެން.ކިއު.އެފް ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސެޓުފިކެޓު ހާސިލުކޮށްފައިވުން  | 
 CS15-2  | 
 CS15  | 
 ޓީޗަރ  | 
||||
| 
 - ކަނޑައެޅޭ ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ކިޔަވައިދިނުމާއި، ރިކޯޑުތައް ބެލެހެއްޓުން. - ކަނޑައެޅޭ ގޮތެއްގެ މަތިން އިތުރު ޙަރަކާތްތައް ހިންގުން.  | 
 ވަޒީފާގެ މަސްއޫލިއްޔަތު  | 
|||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައިގެން.
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2016 އޮގަސްޓު 22 އާ 25 އާ ދެމެދުގެ ތާރީޚެއްގައި ފުވައްމުލަކު ސްކޫލުގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ބ. ސިވިލްސަރވިސް ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މި ސްކޫލަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 21 ވަނަދުވަހުގެ މެންދުރުފަހުގެ 1:00 ގެ ކުރިން.
- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 6:50 ން 13:50 އަށް ލިބެން ހުންނާނެއެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޔު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފުވައްމުލަކު ސްކޫލުގެ ނަންބަރު 6860002 ފޯނަށް ގުޅުއްވުން އެދެމެވެ.
