| މަޤާމު: ނެޓްވާރކް އެޑްމިނިސްޓްރޭޓަރ | 
| މުސާރަ  އާއި އެލަވަންސް | މަހަކު -/10500 ރުފިޔާ | 
| މަޤާމުގެ ރޭންކް | TP 4 | ބޭނުންވާ އަދަދު | 01 | 
| މަޤާމުގެ ބާވަތް | 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް | 
| މަސައްކަތް ކުރަންޖެހޭތަން | ޕަބްލިކް ސަރވިސް މީޑިއާ | ޑިޕާޓްމަންޓް | އިންޖިނިއަރިންގ/އައި.ޓީ | 
| މަޤާމުގެ ޝަރުޠު | މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު | 
އޮފީހުގެ ނެޓްވާރކްތައް ބެލެހެއްޓުން (ކޯޕަރޭޓް އަދި ބްރޯޑްކާސްޓް ނެޓްވާރކް)އިންޓަރނެޓް ޕެރެޕެރެލްސްތައް އިންސްޓޯލްކުރުމާއި އެ ތަކެތި ކޮންފިގަރ ކުރުން.ހުރިހާ ސާރވާތައް ބެލެހެއްޓުމާއި މެއިންޓެއިން ކުރުމާއި ސަރވާތަކުގެ ބެކްއަޕްނެގުން.އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި ކޮންފިގަރ ކުރުން.ނެޓްވާރލް ފަޔަރވޯލްތައް ބެލެހެއްޓުމާއި އެ ތަކެތި ކޮންފިގަރ ކުރުން.އޮފީސް މުވައްޒަފުންގެ ޔޫސަރ އެކައުންޓްތައް ހަދައިދިނުމާއި ބެލެހެއްޓުން.އީ-މެއިލް އެކައުންޓުތައް ހަދައިދިނުމާއި ބެލެހެއްޓުން.އައި.ސީ.ޓީ ވަސީލަތް ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، އެންމެ އެކަށޭނަ ގޮތެއްގައި އެ ސާމާނު ބޭނުން ކުރެވޭނެ ގޮތްތައް ހޯދައި، ގުޅުންހުރި ފާރާތްތަކާއެކު މަސައްކަތް ކުރުން.ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް، ބްރޯޑްކާސްޓިންގ ތެރެއަށް ތަޢާރަފުކުރުމަށް ރިސާރޗް ކުރުމާއި، ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން.އިންޓަރނެޓް މެދުވެރިކޮށް ދެވޭ ޚިދުމަތް، ކުންފުނީގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަ ނިޒާމެއްގައި ދަށުން ވީ އެންމެ ފުޅާދާއިރާއެއްގައި ލިއްބައިދިނުމަށް މަސައްކަތްކުރަން.މަސައްކަތްކުރަން ގެންގުޅޭ ޓޫލްތަކާއި، ލައިސަންސް ކީ އަދި ސީރިއަލް ކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 
ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.މީގެ އިތުރުން، މަސައްކަތާ ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީޕާސްޕޯޓް ސައިޒުގެ ފޮޓޯއެއްވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން. | 
| އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން | 
 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. | 
| ސުންގަޑި | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ. | 
| އިތުރު މަޢުލޫމާތު | މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ. |